ކަޝްމީރަށް ދީފައިވާ ޚާއްސަ ދަރަޖަ އުވާލަން އިންޑިޔާއިން ނިންމައިފި
ޖައްމޫ އަދި ކަޝްމީރު ސަރަހައްދުގެ އިންޑިޔާއިން ކޮންޓްރޯލްކުރާ ފަޅިއަށް ދީފައިވާ ޚާއްސަ ދަރަޖަ އުވާލަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިންޑިޔާގެ ގާނޫނު އަސާސީގެ 370ވަނަ މާއްދާގައި ވާގޮތުން ކަޝްމީރު ސަރަހައްދުގައި، އެެހެނިހެން ސަރަހައްދުތަކުގެ އިންޑިޔާ މީހުން ވަޒަންވެރިވެ އުޅުމަކީ މަނާ ކަމެކެވެ. މި މާއްދާ އުވާލާފައިވަނީ އިންޑިޔާގެ ރައީސް ރާމް ނަތް ކޯވިންދް ސޮއިކުރެއްވި ޚާއްސަ ގަރާރަކުންނެވެ.
މިއަދު އޮތް އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންޑިޔާގެ ހޯމް މިނިސްޓަރ އަމިތު ޝާހުވެސް ވަނީ މިކަން އިއުލާންކުރައްވާފައެވެ. މީގެ އިތުރުން ޖައްމޫ އަދި ކަޝްމީރަކީ އިދާރީގޮތުން ވަކި ދެ ސަރަހައްދަކަށް ހެދުމަށް ނިންމިކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މިކަމަށް އިންޑިޔާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޖައްމޫ އަދި ކަޝްމީރު ސަރަހައްދުގައި އިންޑިޔާގެ އެހެނިހެން މީހުންނަށް ވަޒަންވެރި ވުމުގެ ފުރުސަތު ދިނުމަކީ ބީޖޭޕީގެ ވައުދެކެވެ. ދާދިފަހުން އިންޑިޔާއިން ވަނީ އެ ސަރަހައްދުގެ ދެ ސިޔާސީ ލީޑަރަކު ހައްޔަރުކޮށް، 10000 ސިފައިން ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް