ފްލައި ދުބާއީގެ ބޯޓެއް
ފްލައި ދުބާއީގެ ބޯޓެއް
ހަބަރު 03 Oct 2026 | 15:16

ފްލައި ދުބާއީގެ ބޯޓް ހައިޖެކްކުރަން އުޅުނު ހާދިސާ: ތަހުގީގަށް ދެ ދިވެއްސަކާ ސުވާލުކުރަނީ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ފްލައި ދުބާއީގެ ބޯޓް ހައިޖެކްކުރަން އުޅުނު ހާދިސާއާ ގުޅިގެން ފަށާފައިވާ ފުޅާ ތަހުގީގަށް ދެ ދިވެއްސަކާ ސުވާލުކުރަން ފަށައިފި އެވެ.

މިއީ އެ އެއާލައިނާއި ވަރަށް ފަހުން ގުޅުނު ދެ މުވައްޒިފުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ފްލައި ދުބާއީގެ ބޯޓް ހައިޖެކްކުރަން އުޅުނު ހާދިސާއާ ގުޅިގެން ފަށާފައިވާ ތަހުގީގަށް ދެ ދިވެއްސަކު ހާޒިރުކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.

ނަމަވެސް އެ ދެ ދިވެހީން ހައްޔަރުކުރި ކަމަށް ބުނެ ފެތުރެމުންދަނީ ޔަގީން ކުރެވޭ ވާހަކަތަކެއް ނޫން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ތަރުޖަމާން ވިދާޅުވީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް އެ ހާދިސާއާ ގުޅިގެން ތުހުމަތެއް އޮތް ކަަމުގެ އިތުބާރު ހުރި އެއްވެސް މައުލޫމާތެއް ވެސް ނުލިބޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގަައި އެ ދެ ދިވެހީންނަކީ, ފްލައި ދުބާއީގެ ބޯޓް ހައިޖެކްކުރަން އުޅުނު ހާދިސާގެ ތުހުމަތު އޮތް ބޯޓްގެ ކޯޕައިލެޓް, އޮމާނަށް ނިސްބަތްވާ ހައްމާމް އަލް ހަމާނިއާ އެއް ބިލްޑިންއެއްގައި ދިރިއުޅޭ ދެ މީހުންނެވެ.

ވައިގެ ދަތުރުފަތުރުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމުގައިވާ ފްލައި ދުބާއީގެ ބޯޓް ހައިޖެކްކުރަން އުޅުނު ހާދިސާއާ ގުޅިގެން ޔޫއޭއީން ވަނީ ފުޅާ ތަހުގީގެއް ފަށާފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ކޯޕައިލެޓް ވަނީ ކޯރާޑިއަކުން ޕައިލެޓަށް ހަމަލާދީފަ އެވެ.

މިއީ ބޯޓް ވައްޓާލަން ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް ޔޫއޭއީން ވަނީ އެ މައްސަލަ ވަަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހައްމާމް އަލް ހަމާނިއާ އަކީ "ހަރުކަށި" ފިކުރުގެ މީހެކެވެ.

އޭނާ އެފަދަ ކަމެއް ރޭވީ ސީދާ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ. ވައްޓާލަން އުޅުނު ބޯޓްގައި ގިނައީ ފަލަސްތީނާއި ދެކޮޅަށް ޖަރީމާ ހިންގަމުންދާ އިޒްރޭލަށް ނިސްބަތްވާ ރައްޔިތުންނެވެ. ބޯޓްގައި 182 މީހަކު ދަތުރުކުރި ކަމަށް ފުލައި ދުބާއީން ބުނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...