ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް ދަށައް
ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް މާޗް މަސް ނިމުނުއިރު 251.8 މިލިއަން ޑޮލަރަށް ދަށައް ހިނގައްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރަމުން އަންނަ ދައުލަތުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަހު ޔޫޒަބްލް ރިޒާވް ނޫންނަމަ ވަގުތުން ވަގުތަށް ބޭނުންކުރަންހުނަ ރިޒާވް ފެބްރުއަރީ މަހު ވަނީ 295.3 މިލިއަން ޑޮލަރަށް ދަށްވެފައެވެ. އަދި މާޗް މަސް ނިމުނުއިރު ވަނީ 251.8 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ.
ދައުލަތުގެ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ވެސް މިދިޔަ މާޗް މަހު ވަނީ 776.2 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މިއީ ފެބްރުއަރީ މަހާ އަޅާބަލާއިރު 162.4 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް