އިތުރު ތަމްރީން ހޯދުމަށް 15 އިމާމަކު އިންޑޮނޭޝިޔާއަށް ފުރައިފި
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިމާމުންނާއި ޚަތީބުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމް ގެ ދަށުން، 15 އިމާމަކު އިތުރު ތަމްރީނު ޖޯދުމަށް އިންޑޮނޭޝިޔާއަށް ފުރައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ، މިއީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ދަތުރެއް ކަމަށެވެ.
މި ދަތުރަށް އިމާމުން ފުރުމުގެ ކުރިން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިމާމުންނާއި ބައްދަލުކުރައްވާފައިވާއިރު، ވަޒީރު ވަނީ ދަތުރުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށާއި، ލިބިލައްވާ ޢިލްމާއި މަޢުލޫމާތުތަކުގެ ބޭނުން ޢަމަލީ މައިދާނުގައި ހިއްޕެވުމަށް އިމާމުންނަށް ނަސޭހަތްތެރިވެލައްވާފައެވެ.
މިއަހަރުގެ މިހާތަނަށް އިތުރު ތަމްރީނަށް 100 އިމާމުން ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށާއި، ބުރޫނާއީގެ އިތުރުން މެލޭޝިޔާއަށްވެސް އިމާމުން ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް