ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައިިފި
މިއަހަރު ހައްޖުގެ އަޅުކަން އަދާކުރި ފަރާތްތަކަށް ފަސޭހަ ކަމާއެކު ޑޮކްޓަރަށް ދެއްކޭނެ ގޮތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ހަމަޖައްސައިދީފިއެވެ.
ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރަން މިއަހަރު 2000 މީހުން މައްކާއަށް ދިޔައެވެ. އެމީހުން މިހާރު ވަނީ އެނބުރި ރާއްޖެ އަންނަން ފަށާފައެވެ. ކޮންމެ އަހަރަކުވެސް ހައްޖުވެރިން އަންނަ ދުވަސްވަރާ ދިމާކޮށް ބަލިމަޑުކަން ފެތުރޭކަން ފާހަގަކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އައިޖީއެމްއެޗުން ބުނީ ހައްޖު އޯޕީޑީގެ ނަމުގައި އެހޮސްޕިޓަލުގައި ހުޅުވި ކްލިނިކުން މެންދުރުފަހު 2:00އިން ރޭގަނޑު 10:00އަށް ހިދުމަތް ދޭނެ ކަމަށެވެ.
އަދި އެ ކްލިނިކުން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގައި ހިދުމަތް ދޭނެ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް