ރޭގެ މާރާމާރީ އާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި
ރޭ މާލޭގައި ހިންގި މާރާމާރީ އާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ރޭ 10:30 ހާއިރު، މާރާމާރީއެއް ހިންގާފައިވަނީ ދަރުބާރުގޭ ކައިރީގައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މާރާމާރީގައި ފިރިހެނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. އޭނާ އަށް ސެނަހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށާއި، ލިބުނު ޒަޚަމް ސީރިއަސް ނޫންކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މާރާމާރީ އާ ގުޅިގެން ރޭގެ ވަގުތެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު، ފަހުން އިތުރު ދެމީހަކު ހައްޔަރުކޮށް މިހާތަނަށް ޖުމުލަ 4 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް