ސަޢޫދީ އަރަބިއާގެ ޤައުމީދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސަޢޫދީ އަރަބިއާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮނުއްވައިފިއެވެ.
ރައީސް ޑރ.މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަޢުދީ އަރަބިއާގެ ޤައުމީދުވަހުގެ ތަހްނިޔާ ދެ ހަރަމްގެ ހާދިމް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން ސައުދީގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާކަމަށެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވީ ސައުދީއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި، މި ފުރުސަތުގައި ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަށްދާނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހަކީ ސައުދީގެ ޤައުމީ ދުވަހެވެ. މިއީ ސައުދީން ފާހަގަކުރާ 95 ވަނަ ޤައުމީ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް