އިންޑިޔާގެ ކުރީގެ މާާލީ ވަޒީރު ނިޔާވެއްޖެ
އިންޑިޔާގެ ކުރީގެ މާލީ ވަޒީރު އަރުން ޖެއިތްލީ ނިޔާވެއްޖެއެެވެ.
އުމުރުފުޅުން 68އަހަރުގެ އަރުން ޖެއިތްލީ ނިޔާވެފައިވަނީ ނިއު ދިއްލީގެ އެއިމްސް ހޮސްޕިޓަލްގައި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ބީޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަރުން ޖެއިތްލީ އެގައުމުގެ މާލީ ވަޒީރުކަން ކުރައްވާފައިވަނީ 2014ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާއި ހަމައަށެވެ. އަރުން މިފަހަރުގެ އާންމު އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވީ ސިއްހީ ހާލުކޮޅު ހުންނެވި ގޮތުންނެވެ.
އަރުން ޖެއިތްލީގެ ވަޒީރުކަމުގައި އިންޑިޔާއިން ވަނީ އިގްތިސާދީ ބޮޑެތި ބަދަލުތަކެއް ވޭތުކޮށްފައެވެ. އެގޮތުން ޑީމޮނިޓައިޒޭޝަންގެ ސަބަބުން ދިމާވި އިގްތިސާދީ ލޮޅުންތައް ފާހަަގަކޮށްލެވެއެވެ.
އަރުން އަވަހާރަވުމާއި ގުޅިގެން އިންޑިޔާގެ ސިޔާސީ ފަރާތްތަކުން ދަނީ ތައުޒިޔާ ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް