މަރުތަކާއި ބެހޭ ކޮމިޝަންގެ ފުރިހަމަ ތަހުގީގީ ރިޕޯޓްތައް އާންމު ނުކުރާތީ ޑރ.ޝަހީދުގެ ކަންބޮޑުވުން!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ގަރާރަކުން އުފައްދާފައިވާ ގެއްލިފައިވާ މީހުންނާއި މަރުތަކާއި ބެހޭ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ރިޕޯޓްތައް އާންމުނުކުރާ މައްސަލައިގައި ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ.ޝަހީދު މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވަނީ މަރުތަކާއި ބެހޭ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ފުރިހަމަ ރިޕޯޓްގެ ސިއްރުނޫން ބައިތައް ހާމަކުރުމަށް އެކޮމިޝަންގެ ރައީސް ޑރ.ހުސްނުއްސުއޫދަށް ނާންގަވަނީ ކީއްވެތޯ ރައީސް ޞާލިހުގެ ކިބައިން ސުވާލު އުފައްދަވާފައެވެ.
Why is @ibusolih not asking @hsuood to release non-confidential aspects of the full report on Deaths & Disappearances? Is the intention of @alixahir to discredit the work of the Commission by releasing just a fragment of the report? Where is transparency? @MohamedNasheed
— Ahmed Shaheed (@ahmedshaheed) November 16, 2019
އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ބޭނުންފުޅަކީ އެ ރިޕޯޓްގެ ވަކި ބައިތަކެއް ނެރެގެން ކޮމިޝަނުން ކުރާ މަސައްކަތުގެ އަގު ވައްޓާލުންތޯވެސް ވަނީ ސުވާލު އުފައްދަވާފައެވެ.
"ކޮބައިތޯ ދެފުށްފެންނަކަން؟"، ޑރ.ޝަހީދު އެއްސެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް