އިސްރާއީލު ޕާސްޕޯޓް މަނާނުކުރާ ކޮންމެ ދުވަހަކީ ސަރުކާރުގައި ޖެހޭ ލައްގަނޑެއް: އަލީ ރަމީޒު
އިސްރާއީލު ޕާސްޕޯޓް މަނާނުކުރާ ކޮންމެ ދުވަހަކީ ސަރުކާރުގައި ޖެހޭ ލައްގަނޑެއްކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަލީ ރަމީޒު ވިދާޅުވީ، އިސްރާއީލު ޕާސްޕޯޓް މަނާނުކޮށް ދާ ކޮންމެ ދުވަހަކީ މި ސަރުކާރުގައި ޖެހިގެންދާ ލައްގަނޑެއްކަމަށެވެ.
އަލީ ރަމީޒު މިފަދައިން ވިދާޅުވިއިރު، މިއަދު އިސްރާއީލު ޕާސްޕޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ބަލައިގަނެފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނު އަސާސީ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވެސް މީގެ ކުރިން ހާމަކުރިނަމަވެސް، ޕާސްޕޯޓް އަދިވެސް މަނާކޮށްފައިނުވާތީ އާއްމުން އަންނަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް