ހުޅުމާލޭގައި މިސްކިތެއް އެޅުމަށް ރަޝީދު ކާޕެންޓްރީއާއި އެކު ސޮއިކޮށްފި
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީއެންސީ) ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ. އާރްސީއެންސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 1500މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ހަަމަޖެހިފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓްގެ ހުޅުމާލޭ އޮފީހުގެ ފަހަތުގައިވާ ބިމުގައެވެ.
މި މިސްކިތުގެ މަސައްކަތް ނިންމާލުމަށް ދީފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް