މާފަރު އެއާޕޯޓު ރަންވޭއަށް ވެލާ ބިސް އަޅައިފި
ނ.މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓުގެ ރަންވޭއަށް ވެލައެއް އަަރައި ބިސް އަޅައިފިއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި މި އެއަރޕޯޓުގެ ރަންވޭގެ މެދެއްހާ ހިސާބަށް އެ ވެލާ ވަނީ ބިސް އަޅާފައެވެ.
މާފަރަކީ އާންމުކޮށް ވެލާބިސް އަޅާ އުޅޭ ރަށެކެވެ. މިހާރު ރަންވޭ ހަދަން ފަށާފައިވާ ސަރަހައްދަކީ ވެލާ އަރައި އުޅުނު ސަރަހައްދެއްކަމަށް އެރަށުގެ މީހުން ބުނެއެވެ.
މި އެއަރޕޯޓުގައި 2200 މީޓަރުގެ ރަންވޭއަކާއި އެކު ޕްރައިވެޓް ޖެޓް ޕާރކިންގ ޒޯނެއްވެސް އޮވެއެވެ.
މި އެއަރޕޯޓު ތަރައްގީކުރަމުންދަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ.
މިކަމާއި ގުޅިގެން އެ އެއާޕޯޓުގެ ބަހެއް ހޯދާލުމަށް ވޮއިސްއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް