ސިންގަޕޫރު ސަފީރު ފޮރިން މިނިސްޓަރ އަރިހަށް ވަދާއީ ޒިޔާރާތް ކުރައްވައިފި
ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި އެމްބަސެޑަރު ޗުއާ ތިއަން ޕޯ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރާތް ކުރައްވައިފިއެެވެ.
ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާ ސަފީރަކަށް ޗުއާ ތިއަން ހަމަޖައްސަވާފައި ވަނީ 2015 ވަނަ އަހަރުއެވެ.
އެމަނިކުފާނު މިނިސްޓަރު ޝާހިދުގެ އަރިހަށް މިއަދު ކުރެއްވިއިރު އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ސަފީރު ކަމުގެ ދުވަސްވަރު ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުން ހަރުދަނާ ކުރުމަށް ސަފީރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
އެގޮތުން މިދިޔަ ޖުލައި މަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ރައީސް ސޯލިހުގެ އަރިހަށްވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް