ލުތުފީ ގެނައުމުން އުމަރަށް ޚާއްސަ ހަދިޔާއެއް ދީފި
ފަހުގެ ތާރީހެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދައިދިން ކަމަށްޓަކައި ދިވެހި ރައްޔިތަކު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ހަދިޔާއެއް ދީފިއެވެ.
އުމަރުގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ ރާއްޖެ ގެނައުމާއެކު، އެކަން ކާމިޔާބު ކުރުމަށް އުމަރު ކުރެއްވި މަސައްކަތް ފާހަގަކޮށް، އޭނާއަށް ތައުރީފް ކޮށްފައި މީހަކު ލިޔެފައި ފިނުވާފައިވާ ޅެމެއް ހިއްސާ ކުރައްވާފައެވެ. އެހެންނަމަވެސް އެ ޅެން ލިޔުނީ ކާކުކަމެއް ހާމައެއް ނުކުރައްވައެވެ.
"އުމަރަކީ ޤައުމަށް ވަފާތެރި އަދި ނުހަނު ޤާބިލު ލީޑަރެއް
އުމަރު ފަދަ ޝަހްސެއް މަދުން ނޫނީ ނުފެންނަ މިސާލެކޭ"
އުމަރަށް ފޮނުވާފައިވާ ޅެމުގެ ބައިތެއްގައި ވެއެވެ. އެ ޅެން ފޭސްބުކްގައި ޕޯސްޓު ކުރެއްވުމަށްފަހު އުމަރު ވިދާޅުވީ، އެ "ހަދިޔާ" އަކީ 10،000 އެމެރިކާ ޑޮލަރަށްވުރެވެސް ބޮޑު ހަދިޔާއެއް ކަމަށެވެ. ލުތުފީ ހޯދި މީހަކަށް 10،000 ޔޫއެސް ޑޮލަރު ދޭނެކަމަށް ދިވެހި ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ލުތުފީ އުޅެމުންދަނިކޮށް އެކަން ފަޅާއއަރުވާލީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. އެއަށްފަހު ލުތުފީ ގެންނަން ޖެހޭ ކަމަށް ރައްޔިތުން ބުނަމުން ފެށުމުން އޭނާ އަނބުރާ ރާއްޖެ ގެނައީ ސަރުކާރަށް ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް އިދކޮޅު ފަރާތްތަކުން ބުނެއެވެ.
ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް