ސޫރިއަވަންޝީގެ މަސައްކަތް ފަށާނީ އަންނަ މެއި މަހު
އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" ގެ މަސައްކަތް ފަށާނީ މޭމަހުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ސޫރިޔާވަންޝީގެ ޝޫޓިން ފެށުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތް ތައް މިހާރު ކުރަމުން އަންނަ އިރު އެފިލްމުގެ މަސައްކަތް ފަށާނީ އަންނަ މެއި މަހުގައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.
އަދި އެފިލްމަށް ޝޫޓިންގެ މަސައްކަތާއި އެކު އެއް އަހަރު ދުވަސް ހޭދަވާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ.
ފިިލްމުގެ ޝޫޓިންގެ މަސައްކަތާއި ހަމަޔަށް ގޮސްފައި ވިނަމަވެސް އެފިލްމުގައި ހަރަކާތްތެރިވާނެ އަންހެން ތަރިއެއް ހަމަޖެހިފައިޕވެއެވެ.
ރޯހިތު ޝެއްޓީ ބުނެފައިވާ ގޮތުން އެފިލްމުގެ ލީޑް ރޯލުން ފެނިގެންދާނެ ތަރިއެއް ކުރިއަށް އޮތް ދެދުވަސް ތެރޭގައި އިއުލާންނެއެވެ.
އެފިލްމުގެ ރިލީޒް ކުރުމަށް ހަަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް