ސަރުކާރަށް އެއްބާރުލުން ދޭނަން: ނޭޝަނަލް ރިފޯމް ޕާޓީ
ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށް ނޭޝަނަލް ރިފޯމް ޕާޓީއިން ބުނެފިއެވެ.
އެޕާޓީން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އައްޝައިޚް މުހައްމަދު ދީދީ ވިދާޅުވީ އެޕާޓީން އެއްވެސް ބަޔަކާއި އިދިކޮޅު ނުވާނެ ކަމަށާއި ސަރުކާރަށް ވެސް އެއްބާރުލުން ދީގެން މަސަައްކަތްކުރާނެކަމަށެވެ. މިހާތަނަށް އެޕާޓީން އެއްވެސް ބަޔަކާ އެއްކޮށް ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ދީދީ ވަނީ ފާހަގަކުރައްވާފައެވެ.
ޝައިޚް ދީދީ ވިދާޅުވީ ނޭޝަނަލް ރިފޯމް ޕާޓީގެ އެންމެ މައިގަނޑު އެއް މަގްސަދަކީ ރާއްޖެ އިސްލާހުކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ޒަމާންވީ ރީތި އާދަ ނެތި ގޮސްފައިވާ ކަމަށާއި އިސްލާމް ދީނުގެ ރިވެތި އަހްލާގުވެސް ނެތިގެން ގޮސްފައިވާކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ.
ނޭޝަނަލް ރިފޯމް ޕާޓީ ހެދުމަށް މިދިޔަ ހަފްތާގައި ހުއްދަދީފައިވާއިރު، އެ ޕާޓީއަށް ވަނުމަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވާލެވިފައިވާކަމަށް ވަނީ ބުނެފައެވެ. އެ ޕާޓީ އުފެއްދުމަށް ގިނަބަޔަކާއި މަޝްވަރާ ކުރަމުންދާއިރު، އޭގެ ތެރޭގައި ޑރ.ޝަހީމްވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް