N/A
N/A
ހަބަރު 05 Sep 2019 | 08:29

ޓޫރިޒަމް ދުވަހާ ގުޅިގެން ރާއްޖެއިން ފްރީޑައިވް ވޯލްޑް ރެކޯޑެއް ހަދަނީ!

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ފްރީޑައިވް ވޯލްޑް ރެކޯޑެއް ހަދަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ހޮޓެލް ޖެންގައިބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގެ ވޯލްޑް ރެކޯޑެއް މުގުރާލުމުގެ ހަރަކާތްތައް ބާއްވަން ނިންމާފައިވާކަމަށެވެ.

މިމަހުގެ 27 ގައި ބާއްވާ މި އިވެންޓުގައި 500 މީހުން ބައިވެރިވާއިރު، މި ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިން ޗެމްޕިއަން ވިލިއަން ޓްރޫ ބްރިޖް ބައިވެރިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މި ވޯލްޑް ރެކޯޑް މިހާރު އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގައެވެ. ވެރޯނާއިން ރެކޯޑް ހަދާފައިވަނީ 11 އޮކްޓޫބަރު 2009 ގައެވެ. ރާއްޖެއިން މި ރެކޯޑް މުގުރާލުމުގެ އިވެންޓު އޮންނާނީ ބަރޮސް ފަޅުތެރޭގައެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި މިއަހަރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމަހުގެ 27 އަދި 28 ގައި މާލޭގައި ޓޫރިޒަމް ޖޮބް ފެއާ އެއް ބާއްވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހު އަނގޮޅިތީމް، ވިޒިޓާސް ސެންޓަރު ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް އޮންނާނެއެވެ.

ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެން ދާނީ މިމަހުގެ 26 ގައި ވ. އަތޮޅުގައި ބޭއްވޭ ޖަޒީރާވަންތަ ކެނޯ ރޭހަކުންނެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހު ޓޫރިޒަމް އޯޕަން ޑޭ ފާހަގަކުރުމާއި އެމަހުގެ ތިންވަނަ ދުވަހު ކިޑްސް ފުޓްބޯޅަ ފިއެސްޓާ، އަދި ހަތަރުވަނަ ދުވަހު ޓޫރިޒަމް ކޮންފަރެންސް ގާލާ ނައިޓްވެސް އޮންނާނެއެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް ކޮންފަރެންސެއް ވެސް އޮންނާނެ އެވެ. ކޮންފަރެންސް އޮންނާނީ ޕެރަޑައިސް ރިސޯޓުގަ އެވެ. އަދި ޓޫރިޒަމްގެ ދުވަހާ ގުޅިގެން މާލޭގައި ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ހިންގާ ހުރިހާ އިވެންޓެއް ވެސް ކުރިއަށް ގެންދާނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ބައިވެރިންގެ އެހީތެރިކަމާ އެކުގައި ކަމަށާއި ހަރަދުތައް ކުރާނީ ވެސް އިންޑަސްޓްރީއާ ގުޅިގެންނެވެ.

ސްކޫލު ދަރިވަރުންނަށް ޓޫރިޒަމް މިނިސްޓްރީއަށް ޒިޔާރަތް ކުރެވޭނެ އޯޕަން ޑޭ އަކާއި މާލޭގެ ހުރިހާ ސްކޫލަކަށް ހިންގާ ކިޑްސް ފުޓްބޯޅަ ފިއެސްޓާއެއް ބާއްވާނެ އެވެ. އެ މުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން ހޮވާލެވޭ ކުދިންނަށް ގައުމީ ސްކޮޑުން ޖާގަ ދެވޭނެ އެވެ.

އޭގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދުބާއީގެ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަންކަމުގައި ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ އަދި ރިއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ ބައިވެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...