ދީދީގެ މައްސަލަ ބަލާނީ މާދަމާ ހެނދުނު ދަރުބާރުގޭގައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތު ނެންގެވިކަމަށް ބުނާ މައްސަލަ ބެލުން މާދަމާ ހެނދުނު ދަރުބާރުގޭގައި ބޭއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި ދީދީގެ މައްސަަލަ ބެލުން އޮންނާނީ މާދަމާާ ހެނދުނު ދިހައެއް ޖަހާއިރު ދަރުބާރުގޭ ރަންނަބަނޑޭރި މާާލަމުގައެވެ.
މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދެވޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
މިގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ ފަނޑިޔާރު ދީދީގެ އެދިލެއްވުމުގެ މަތިންނެވެ.
ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކުރީ އޭނާއާމެދު ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީއެވެ. މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް