ވެހިކަލް ދުއްވަމުން ފޯނު ބޭނުންކުރާނަމަ ފިޔަވަޅުއަޅަނީ
ދުއްވާތަކެތި ދުއްވަމުން ފޯނާއި ކުޅުންފަދަ ކަންކަން ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓްރެފިކް ފުލުހުންގެ ފަރާތުން ނިންމައިފިއެވެ.
ޓްރެފިކް ފުލުހުން މިގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ އެފަރާތުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.
އެގޮތުން ވެހިކަލް ދުއްވަމުން މޯބައިލް ފޯން ބޭނުން ކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައް ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަން ހިންގުމަށް ފުލުހުން ނިންމީ މިފަދަ އަމަލުތައް ގިނަވުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް