އެމްއެމްއޭގެ ގަވަރނަރ ނަސީރުގެ މައްސަލައެއް ބަލަން ފަށައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރނަރ އަހުމަދު ނަސީރުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ނަސީރާއި ދެކޮޅަށް ބަލަމުންދަނީ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައެކެވެ. މި މައްސަލަ ނަސީރާއި ދެކޮޅަށް ހުށައަޅާފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފެވެ.
މި މައްސަލަ ބަލަމުންދާކަން ފުލުހުންވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
އަޝްރަފު ވަނީ ނަސީރުގެ މައްސަލަ އެމްއެމްއޭގެ ބޯޑަށާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް