އަމީން އާންމު ނިއުޝާގެ މަންމަ ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާގެ މަންމަ، ހ. ނަސީމީވިލާ އާމިނަތު ވަހީދާ ނިޔާވެއްޖެ އެވެ.
އުމުރުން 71 އަހަރުގައި ވަހީދާ ނިޔާވީ މިރޭގެ ވަގުތެއްގަ އެވެ.
އެކަމަނާ ނިޔާވުމާއި ގުޅިގެން މަޖިލީހުގެ އިދާރާ އިން ވަނީ ނިއުޝާއަށް ތައުޒިޔާ ކިޔާފަ އެވެ. މަޖިލީހުގެ އިދާރާއިން އާންމުކުރި ބަޔާނެއްގައި ބުނީ އަމީން އާންމު ފާތިމަތު ނިއުޝާގެ މަންމަ އާމިނަތު ވަހީދާ ނިޔާވުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މެންބަރުން އަދި މަޖިލީހުގެ އިދާރާގެ މުވައްޒިފުންގެ ނަމުގައި ތައުޒިޔާ ކިޔާ ކަމަށެވެ.
އަދި މަރުހޫމާއަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުއާކޮށްފައިވެ އެވެ.
ވަހީދާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް