މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް، ކައުންސިލުން މިހާރު ހަވާލެއް ނުވި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހަދައިފި އެވެ.
ބައިބަލާ ކުޅޭ ތަނެއް ހެދީ ގަބުރުތައް ނެގި ސަރަހައްދުގަ އެވެ. އެކަމާއި ގުޅިގެން ވަރަށަ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ބައިބަލާ ކުޅޭ ސަރަހައްދު ހެދުމާއި ގުޅޭގޮތުން ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާފަންނުގައި ބައިބަލާ ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމުން އެތަން ދިނީ ވަގުތީ ގޮތުން ކަމަށެވެ.
އަދި އެތަނުގައި ބައިބަލާ ޕްރެކްޓިސް ކުރަނީ އީދަށް ކަމަަށެވެ.
އެ މައްސަލަ ބޮޑުވެ ފާޑުކިޔުން ބޮޑުވުމުން ސިޓީ ކައުންސިލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާފަންނު ސަހަރާގައި މިހާރު ހުސްކޮށްފައިވާ ބައިގައި އެއްވެސް ކުޅިވަރެއް ކުޅުމަށް ހަމަޖެހިފައިނުވާ ކަމަަށެވެ.
އަދި ބުނީ ކައުންސިލުން ކުރަމުންދާ ކަމަކީ އެތަން ސާފުކުރުން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް