ސެޓެލައިޓެއް ޖައްވުގައި.. ފޮޓޯ: ޓެލެކޮމް އިކޮނޮމިކް ޓައިމްސް
ސެޓެލައިޓެއް ޖައްވުގައި.. ފޮޓޯ: ޓެލެކޮމް އިކޮނޮމިކް ޓައިމްސް
ހަބަރު 14 Jan 2025 | 12:57

އިންޑިއާގެ ޕިކްސެލްއިން އިތުރު ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވާލަނީ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިންޑިއާގެ ޕްރައިވެޓް ސެކްޓަރގައި ޖައްވީ ރޭހުގެ ވާދަވެރިކަން އިތުރުވެފައިވަނިކޮށް، ޕިކްސެލް ކުންފުނިން މިއަދު އިތުރު 3 ސެޓެލައިޓް ޖައްވަށް ފޮނުވާލަން ހަމަޖެހިއްޖެއެވެ.

މިއީ އެކުންފުނިން ޖައްވަށް ފޮނުވާ 6 ހައިޕަރސްޕެކްޓްރަލް އިމޭޖިންގ ސެޓެލައިޓްގެ ތެރެއިން 3 ސެޓެލައިޓެވެ. އަނެއް 3 ސެޓެލައިޓް ފޮނުވާލާނީ މިއަހަރުގެ ފަހު ކުއާޓަރގައެވެ. ސެޓެލައިޓްތައް ފޮނުވާލުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު، ވެންޑަރބާގް ސްޕޭސްފޯސް ބޭސްއިން އުދުއްސާލާ ސްޕޭސް އެކްސްގެ ރޮކެޓެއްގައެވެ. އަދި ސެޓެލައިޓްތައް ދަތުރުކުރާނީ ބިމާއި 550 ކިލޯމީޓަރު މަތިން، ސަން-ސިންކްރޮނައިޒްޑް އޯބިޓެއްގައެވެ.

ޕިކްސެލްއިން ބުނީ އެކުންފުނީގެ ސެޓެލައިޓް ނެޓްވޯކަށް އިތުރު 18 ސެޓެލައިޓް އުފައްދާނެކަމަށެވެ. އިމޭޖިން ސެޓެލައިޓް މާކެޓަކީ 2029 ވަނަ އަހަރުގެ ނިޔަލަށް 19 ބިލިއަން ޑޮލަރަށް އަރާނެ، ވާދަވެރި މާކެޓެއްކަމަށް އަންދާޒާކުރެވެއެވެ. ހައިޕަރސްޕެކްޓްރަލް އިމޭޖިންގ ޓެކްނޮލޮޖީގެ ބޭނުން ދަނޑުވެރިކަމާއި، މައިނިންގއާއި، ދިފާއީ ކަންކަމުގެ އިތުރުން ތިމާވެށީގެ ހާލަތު ދެނެގަތުމަށް ބޭނުންކުރެވޭނެއެވެ. ސެޓެލައިޓް ފޮޓޯގެ ހިދުމަތުގެ އިތުރުން، އެފޮޓޯތައް އެނަލައިޒްކުރުމުގެ ހިދުމަތަކީވެސް ޝައުގުވެރި ދާއިރާއެއްކަމަށް ޕިކްސެލް ކުންފުނިން ބުނެއެވެ.

އެކުންފުނިން ވަނީ މިހާރުވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތައް ހިމެނޭހެން 65 ކްލަޔަންޓުން ހޯދާފައެވެ. އޭގެތެރޭގައި އެންމެ ބޮޑު އެއް މައިނިންގ ކުންފުނި ރިއޯ ޓިންޓޯއާއި، ބްރިޓިޝް ޕެޓްރޯލިއަމްގެ އިތުރުން އިންޑިއާގެ އެގްރިކަލްޗަރ މިނިސްޓްރީ ހިމެނެއެވެ.

ޕިކްސެލް ކުންފުންޏަކީ ގޫގަލްއިން ފަންޑުކުރާ ކުންފުންޏެކެވެ. އަދި އެކުންފުނީގެ ވެރިޔާ އަވާއިސް އަހްމަދަކީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...