ޕާޓީތަކުން ދޭ ގަރާރުތައް ބާތިލުކުރުމަށް ދަނީ ހުށަހަށަޅަމުން: ޝަރީފް
ރަައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕާޓީތަކުން ކުރިމަތިލީ ފަރާތްތަކަށް ޕާޓީން ދޭ ގަރާރު ބާތިލުކުރުމަށް އެދި ހުށަހަޅަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލިސް އިންތިޚާބަށް ޕާޓީތަކުން ކުރިމަތިލާ ފަރާތްތަކަށް ޕާޓީއިންދޭ ގަރާރު ބާތިލްކުރުމަށް ހުށަހަޅަމުންދާތީ ސަމާލުވުމަށެވެ. އަދި އެކަން ކުރެވޭނީ އީސީއިން އެޕްލިކޭޝަން ގަބޫލުކުރުމުގެ ލިޔުން ފޮނުވުމުގެ ކުރިން ޕާޓީ އަކުން ލިޔުމުން އެކަމަށް އެދޭނަމަކަމަށް ވެސް ޝަރީފުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަންނަ ދައުރުގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ޕާޓީތަކުން ވާދަކުރުމަށް ނިންމާފައިވާއިރު ހުރިހާ ޕާޓީތަކުންވެސް އަންނަނީ މަޖިލީހުގެ އިންތިޚާބަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ރައްޔިތުންގެ މަޖިލީޙުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް