ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް 7000ރ ބޮޑުކުރަން ހުށައަޅައިފި
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އިނާޔަތް ބޮޑުކުރުމަށް ހުށައަޅައިފިއެވެ.
ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހުށައެޅި މި ބިލްގައި އެދިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް 5000ރ. އާއި 7000ރ. އާ ދެމެދުގެ އަދަދަކަށް އިތުރު ކުރުމަށެވެ.
މި ބިލް ހުށައަޅުއްވަމުން ނާޒިމް ވިދާޅުވީ މި ބިލް ހުށައެޅުއްވުމަށް ގަސްދުކުރެއްވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ވާތީކަމަށެވެ.
މިބިލްގައި ބުނެފައިވާ ގޮތުގައި މި އިނާޔަތް ދޭނީ މީހެއްގެ ހުރި ނުކުޅެދުންތެރި ކަމަކާއި އެކަމެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް އަސަރު ކުރާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށާއި، އެކަން ކަނޑައެޅުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައިގެންނެވެ.
އަދި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް އެބިލްގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް