ސުޝްމާ ސްވަރާޖް ރާއްޖެއަށް ވަޑައިގެންފި
އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު އެކަމަނާ ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.
މި ދަތުރަކީ މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް ސުޝްމާ ކުރައްވާ ދެ ދުވަހުގެ ދަތުރެކެވެ.
މިއީ އިންޑިޔާގެ ވަޒީރަކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަގާާމާއި ހަވާލުވެ ވަޑައިގަތް ފަހުން ރާއްޖެއަށް ވަޑައިގަތް ފުރަތަަމަ ފަަހަރެވެ.
މި ދަތުރުފުޅުގައި އެކަމަނާ ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް