އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް
އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް
ހަބަރު 04 Sep 2026 | 09:09

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި; މިމަހު 15 އާ ހަމައަށް މުޅިން ހިލޭ!

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ދިވެހިރާއްޖޭގެ އެޑިއުކޭޝަން ޓެކްނޮލޮޖީ ޕްލެޓްފޯމެއް ކަމަށްވާ ސިލަބައި (Syllabi) އިން، އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްސަކޮށްގެން 'ސިލަބައި އެގްޒާމް ޕްރެޕް' ގެ ނަމުގައި ޑިޖިޓަލް ޕްރެކްޓިސް ޕްލެޓްފޯމެއް ސޮފްޓް ލޯންޗްކޮށްފިއެވެ.

މި ޕްލެޓްފޯމަކީ ރާއްޖޭގެ ގައުމީ މަންހަޖަށް އަމާޒުކޮށްގެން، ދަރިވަރުންނަށް ފަސޭހައިން ނޯޓްސް ކިޔުމާއި ،ސުވާލުތައް ފަރިތަކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ޖަވާބުތަކުގެ ތަފްސީލީ ބަޔާންތައް ހިމަނައިގެން ދަރިވަރުންނަށް 'ގޭމިފައިޑް ލާރނިންގް' ގެ ތަޖުރިބާ ކުރެވޭނޭހެން އުނގެނުމަށް އެހީތެރިވެދޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ.

ލެޕްޓެޕް ، ފޯން އަަދި ޓެބްލެޓުން ބޭނުންކުރެވޭނޭހެން އުފައްދާފައިވާ މި ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހީގައި އިސްލާމް މާއްދާއަށް އިސްކަންދީފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު މާއްދާތައް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްލެޓްފޯމް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. އަދި އޭގެ ފަހުންވެސް މި ޕްލެޓްފޯމުގެ ގިނަ ފީޗާތަކެއް ދަރިވަރުންނަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. މިހާރުވެސް ރާއްޖޭގެ 70 އަށްވުރެ ގިނަ ސްކޫލުގެ ދަރިވަރުން އަންނަނީ މި ޕްލެޓްފޯމް ބޭނުންކުރަމުންނެވެ.

މީގެއިތުރުން، ޕްލެޓްފޯމުގައި ހިމެނޭ ކުއިޒްތައް ފުރިހަމަކޮށްގެން ލިބޭ ޕޮއިންޓުން ލީޑަބޯޑުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ތަޖުރިބާކާރު ޓީޗަރުންގެ އެހީތެރިކަމާއެކު ދިވެހި ދަރިވަރުންގެ ބޭނުންތަކަށް އެންމެ އެކަށޭނަ ގޮތަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމް syllabi.mv/examprep މެދުވެރިކޮށް ދަރިވަރުންނަށް މިހާރު ބޭނުންކުރެވޭނެއެވެ.

މި ޕްލެޓްފޯމްގެ ފެށުމަކީ 2018 ވަނަ އަހަރު ސީއެޗްއެސްއީގެ ދަރިވަރެއްގެ ގޮތުގައި ސިލަބައިގެ ބާނީ ޖުމައިލް އާއި އޭނާގެ ރަހުމަތްތެރިންތަކެއް ގުޅިގެން އޭލެވެލް އިސްލާމް މާއްދާއަށް ހެދި މޮބައިލް އެޕްލިކޭޝަނެކެވެ. އެއަށްފަހު، ސިލަބައި ރަސްމީކޮށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވުނީ 2022 ވަނަ އަހަރުގައެވެ.

ސިލަބައިގެ ބާނީ ޖުމައިލް ވިދާޅުވީ، ދަރިވަރުންގެ އަޑު އަހައިގެން މުސްތަގުބަލުގެ ޖީލުތަކަށްވެސް ފައިދާކުރާނެ ފަދަ ވަސީލަތެއް ބިނާކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...