ކަސްޓަމްސްއިން މަސްތުވާތަކެތި ހުރި ޕާރުސަލްތަކެއް އަތުލައިގެންފި
މޯލްޑިވްސް ކަސްޓަމްސްއިން މަސްތުވާތަކެތި ޕާރުސަލްތަކެއް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަތުލައިގެންފައިވަނީ ނެލަލޭންޑް މެދުވެރިކޮށް ކޮރިއަރއިން އައި ޕާރުސަލްތަކެއްގައި ހުރި މަސްތުވާތަކެތި ކަމަށެވެ.
އެއީ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމުގައިވާ އެކްސްޓަސީ އަދި އެލްއެސްޑީ ހުރި ޕާރުސަލްތަކެއްކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް