ކެއްސާތީ ބޯ ބޭހަކުން ކުނޑިކޮޅުތަކެއް؛ ސަމާލުވާން އެދިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކެއްސާތީ އާއްމު ދީ އުޅެ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕުގައި ކުނޑިކޮޅުތަކެއް ހުރުމުން، އެކަމަށް ސަމަލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނީ، އިންޑިޔާގެ އެމްއެމްސީ ހެލްތުކެއަރގެ ކޮފްސީ ސިރަޕުން ކުޑި ކޮޅުތަކެއް ހުންނަކަން ފާހަގަވެފައުވާ ކަމަށެވެ.
އެހެން ކަމުން މި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ކަންކަން އިތުރަށް ބެލުމުގެ މަސައްކަތް ކުރާކަމަށްވެސް ބުންޏެވެ.
ވިމާ، މި މައްސަލަ އޮތޯރިޓީން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެއެވެ.
މިކަމާބެހޭ އިތުރު މައުލޫމާތު އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމުން ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް