ދެ ސަފީރަކަށް ރުހުން ދޭން ކޮމިޓީން ނިންމައިފި
ދެ ގައުމެއްގެ ސަފީރަކަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އެގޮތުން ރުހުން ދޭން ފާސްކޮށްފައިވާ ސަފީރުންގެ ތެރޭގައި ތައިލެންޑްގައި ހުންނަވާ ސަފީރަކަށް މުހައްމަދު ޖިނާހު އާއި ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް މުހައްމަދު ޚަލީލުއަށެވެ
ސަފީރުންނަށް ރުހުން ދިނުމަށް މިއަދުގެ ކޮމެޓީގެ ބައްދަލުވުމުން ނިންމާފައިވާއިރު، އެ ދޭފުޅުންނަކީ މީގެ ކުރިން ކޮމެޓީން ރުހުން ނުދިނުމަށް ނިންމި ދެ ބޭފުޅުންކަން ފާހަގަކޮށްލެއެވެ. އެދެބޭފުޅުންނަށް ރުހުން ދިނުމަށް ނިންމާފައިވަނީ ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް