މާމިގިލިން ފުރި ޑިންގީއެއްގެ ޚަބަރު ނުވެގެން ހޯދަން ފަށައިފި
އދ.މާމިގިލިން ފުރައިގެން ފ.ފީއައްޔަށް ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 16:53 ހާއިރުއެވެ.
މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދާ ޑިންގީގައި ތިބީ ފިރިހެނަކާއި 3 ކުޑަކުދިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ޑިންގީއަކީ ދިގުމިނުގައި 20 ފޫޓު ހުރި، ފިޔާތޮށި ކުލަ ލާފައިވާ ޑިންގީއެކެވެ. މި ޑިންގީ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް