ފުވައްމުލަކު ޗަސްބިމެއްގައި އަލިފާނުގެ ހާދިސާއެއް
ފުވައްމުލަކު ޗަސް ބިމެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ފުނާޑު އަވަށުގެ ޗަސްބިން ސަރަހައްދުގައެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 10:35 ހާއިރު ކަމަށެވެ. އެ އަލިފާންގަނޑު ނިއްވާލުމަށް ސަދަން އޭރިއާ ކޮމާންޑް، އަދި ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތަތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައިވާކަމެއް އަދި ރިޕޯޓުކުރެވިފައެއް ނެތެވެ.
މީގެ ދެ މަސްކުރިން ފުވައްމުލަކުގެ ހޯދަނޑު ޗަސްބިން ސަރަހައްދުގައި ވެސް ރޯވެ، ގާތްގަނޑަކަށް އެ ތަނުގެ ދިހަ ޕަސެންޓު ވަނީ އަނދާފައެވެ.އަދި ހަމަ އެ މަހު ފުވައްމުލަކު ދަނޑިމަގު ޗަސްބިން ސަރަހައްދުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް