އިސްލާމިކް ބޭންކްއަށް އާ އެމްޑީއެއް!
މޯލްޑިވްސް އިސްލާމިކް ބޭންކްއަށް އާ މެނޭޖިންގް ޑިރެކްޓަރެއް އައްޔަންކޮށްފިއެވެ.
އިސްލާމިކް ބޭންކްއިން މައުލޫމާތުދިންގޮތުގައި އާ އެމްޑީ އަކަށް އައްޔަން ކޮށްފައިވަނީ ބަންގްލަދޭޝް ބޭފުޅެއް ކަމަށްވާ އޭ.އީ އަބްދުލް މުހައިމިންއެވެ.
މުހައިމިން މަގާމާ ހަވާލުވެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ބޭންކިން ދާއިރާގެ 30 އަހަރިގެ ތަޖުރިބާ ލިބިފައިވާ މުހައިމިން ވަނީ ބަންގްލަދޭޝްގެ އިތުރުން އޭޝިޔާގެ އެހެން ގައުމުތަކުގެ ބޭންކުތަކުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
އެގޮތުން އޮސްޓްރޭލިޔާ އާއި މެދުއިރުމަތީގެ ބޭންކުތަކުގައި އޭނާ ވަނީ މަސައްކަތް ކުރެއްވާފައެވެ.
އިސްލާމިކް ބޭންކަށް ގުޅުމުގެ ކުރިން މުހައިމިން ހުންނެވީ ބަންގްލަދޭޝްގެ ޔުނައިޑެޓް ކޮމާޝަލް ބޭންކްގެ އެމްޑީ އަދި ސީއީއޯގެ މަގާމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް