ޓުއަރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރަކަށް ސްމިތު!
ޓުއަރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށް ހއ.ދިއްދޫ އޯޓަމްވާދީ، އަލީ ހާޝިމް އައްޔަންކޮށްފިއެވެ.
އަލީ ހާޝިމް ނުވަތަ ސްމިތަކީ އެމްޑީީޕީގެ ސޯޝަލް މީޑިޔާ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އަދި އެމްޑީޕީގެ ހަރަކާތްތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ.
ސްމިތު އައްޔަންކުރެވުނު މަގާމަށް މުސާރައާއި އިނާޔަތްތަކާއި އެކު 35،000 ރުފިޔާ ލިބޭނެކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ސްމިތަކީ ޕަވަރބޯޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި އިސް ދައުރެއް އަދާކުރާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް