އައްޑޫ ޕޮލިސް ޓްރެއިނިންގ ސްކޫލާއި މެދު ނިޒާރު ކަންބޮޑުވުން ފާޅުކޮށްފި
އައްޑޫ ސިޓީގައި އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރަމުންދާ ޕޮލިސް ޓްރެއިނިންގ ސްކޫލާއި މެދު ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނިޒާރު މި ބީދައިން ވާހަކަފުުޅު ދެއްކެވީ ކުރެއްވި ޓްވީޓެއްގައެވެ.
އަލީ ނިޒާރު ވިދާޅުވީ ބިންކުޑަ އައްޑޫގައި ދިވެހި ސިފައިން ވިޔަސް އަދި ފުލުހުން ވިޔަސް، މިގޮތަށް ބިން ބޭނުންކުރުމަކީ އައްޑޫގެ ރައްޔިތުންނަށް ދެވޭނެ ގެއްލުމެއް ކަމަށެވެ.
މިއީ އައްޑޫގައި ދާއިމީކޮށް ދިފާއީ ބާރެއް ދަަަމަހައްޓަން ހިންގޭ ސިއްރު މަޝްރޫއުއެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އައްޑޫ ސިޓީގައި ޤާއިމް ކުރަމުންދާ ފޮލިސް ޓްރެއިނިންގ ސްކޫލްއާއި ގުޅޭގޮތުން މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއާއެކު ސަރުކާރަށް ނިސްބަތްވާ ގިނަ ބަޔަކުވެސް އަންނަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިހާތަނަށް ސަރުކާރުން ވަނީ މިކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް