އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވަން ނިޒާރު ވިސްނަވަނީ
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިއަކަށް ވާދަކުރައްވަން ވިސްނަވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ އައްޑޫގެ ނޫހެއްކަމަށްވާ "އޭއޯ ނިއުސް"އަށް ދެއްވި ބަސްދީގަތުމެއްގައެެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަށް އާ މޭޔަރަކު ބޭނުންވާ ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ވާހަކަދައްކަމުން ގެންދާ ކަމަށާއި، އޭގެ ތެރެއިން ގިނަބަޔަކު އެމަގާމަށް ނިޒާރު ވާދަކުރެއްވުމަށް އެދެމުންދާ ކަމަށެވެ.
އެބޭފުޅާ ވިދާޅުވީ އެކަމާއި މެދު މީގެ ކުރިން ވިސްނާފައި ނުވީނަމަވެސް، ގިނައަދަދެއްގެ ރައްޔިތުން މޭޔަރކަމަށް ވާދަކުރެއްވުމަށް އެދެމުންދާތީ އެކަމާއި މެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށެވެ.
"ރައްޔިތުން އެދޭ ކަމަކަށް ފުރަގަސް ދޭކަށް ބޭނުމެއް ނޫން” ނިޒާރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް