އެންމެފަހުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމުގެ ވައުދު އެންމެފަހުން ފުއްދައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ވައުދު ފުއްދާފައިވަނީ މިކަން ކުރަން ބުނިތާ ގިނަ ދުވަސްތަކެއް ފަހުންނެެވެ.
ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ވާގޮތުގައި މިހާރު ދަތުރުކުރާ އަގުތަކުން ވަނީ 25 އިންސައްތައާއި 30 އިންސައްތައާ ދެމެދަށް ހެޔޮކޮށްފައެވެ. އަދި، މި ބަދަލުތައް އަންނާނީ މިމަހުގެ 10ގެ ފަހުން ނެގޭ ޓިކެޓްތަކަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މޯލްޑިވިއަންގެ އަގުތަކަށް ގެނެސްފައިވާ ބަދަލުތައް ތިރީގައިމިވަނީއެވެ.
މާލެ- ހަނިމާދޫ- މާލެ: 1610 ރުފިޔާ އާއި 2226 ރުފިޔާއާ ދެމެދު
މާލެ- އިފުރު- މާލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ- ދަރަވަންދޫ- މާލެ: 1098 ރުފިޔާއާއި 1562 ރުފިޔާއާ ދެމެދު
މާލެ- ކުޑަހުވަދޫ- މާލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ- ތިމަރަފުށި- މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާ ދެމެދު
މާލެ- ކައްދޫ- މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދު
މާލެ- ކޫއްޑޫ- މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު
މާލެ- ކާޑެއްދޫ- މާލެ 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު
މާލެ- ފުވައްމުލައް- މާލެ: 1698 ރުފިޔާއާއި 2598 ރުފިޔާއާ ދެމެދު
މާލެ- ގަން- މާލެ: 1698 ރުފިޔާއާއި 2666 ރުފިޔާއާ ދެމެދު، މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް