މިނިސްޓްރީން އެންމެފަހުން މީޓަރ ޓެކްސީ އާއި ދިމާލަށް
ޓެކްސީތަކުގައި މީޓަރ ހަރުކުރާގޮތަށް ސަރުކާރުން ނިންމައި، ޓެކްސީ ޑްރައިވަރުން "ބަލިކޮށްލައިފިއެވެ".
ޓެކްސީތަކުގައި މީޓަރ ހަރުކުރަން ނިންމިކަން ހާމަކުރައްވާފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރ، އައިޝަތު ނަހުލާއެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ ޓެކްސީ ތަކުގައި މީޓަރު ހަރުކުރަން ކަމަށާއި، މިނިސްޓްރީން ބޭއްވި ފޯރަމްގެ ތެރެއިންވެސް އެކަން ހާމަވެގެން ގޮސްފައިވާކަަމަށެވެ.
ނަހުލާ ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންގެ ބަސް އަހާ ސަރުކާރެއްކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބްރިޖް ހުޅުވިގެން ދިޔުމާއި އެކު، މާލެއިން ހުޅުލެ އަދި ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ޑްރައިވަރުން ދަނީ އާންމުގޮތެއްގައި 100އެއްހާ ރުފިޔާ ނަގަމުންނެވެ. މިއީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގުތަކަށްވުރެ މާ ބޮޑު އަދަދެކެވެ.
މިނިސްޓްރީން ބޭއްވި ފޯރަމްގައި ވާހަކަދައްކަމުން ޓެކްސީ ޑްރައިވަރުން ބުނީ ކޮޅަކަށް ސަތޭކަ ރުފިޔާ ނެގުމުން ޝަކުވާ ކުރަނީ މަދުބަޔެއްކަމަށާއި ބައެއް އާންމުންގެ ފަރާތްތަކުން އަމިއްލައަށް ދަތުރުނިންމާފައި 150 ރުފިޔާވެސް ދީފައިވާކަމަށެވެ.
ޓެކްސީ ޑްރައިވަރުން ބުނާގޮތުގައި 100 ރުފިޔާ އަކީ ދަތުރަކަށް ބޮޑު އަަދަދެއް ނޫނެވެ. ސަބަބަކީ ދިރިއުޅުމުގެ ޚަރަދާއި ތަކެތީގެ އަގު ބޮޑުވުމެވެ. އެގޮތުން ގެދޮރުގެ ކުއްޔާއި ދިރިއުޅުމުގެ ޚަރަދުގެ އިތުރުން ކާރުގެ މަރާމާތާއި އެހެނިހެން ޚަރަދުތައް އެތައް ގުނައަކަށް ބޮޑުވެފައިވާ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް