ހުޅުމާލޭގައި ބީއެމްއެލްގެ އިތުރު އޭޓީއެމްތަކެއް ހުޅުވައިފި
ހުޅުމާލޭގެ ގިނަ ރައްޔިތުން ކުރަމުންދިޔަ ޝަކުވާއަށް ހައްލުގެނެސް، އެރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އިތުރު އޭޓީއެމްއެއް ހުޅުވައިފިއެވެ.
މި އޭޓީއެމް ހުުޅުވާފައިވަނީ ހުޅުމާލޭ ރެނާޓަސް އިތާމުތް ފްލެޓްތަކުގެ ތިރީގައެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭގޮތުގައި މި ސެލްފް ސާވިސް ބޭންކިންގް ސެންޓަރަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ތަނެކެވެ.
މިތަނުން ޗެކާއި ފައިސާ ޖަމާކޮށް ނެގުމުގެ ޚިދުމަތް ލިބޭނެއެވެ.
ހުޅުމާލޭގެ ސެންޓްރޯ މޯލް ކުރިމަތީގައި އިންނަ ސެލްފް ސާވިސް އޭޓީއެމް ފިޔަވައި އެހެން ތަނެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ނެތުމަކީ ގިނަބަޔަކު މީގެ ކުރިން ކުރަމުންދިޔަ ޝަކުވާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް