ފަހު ދިހައެއްގައި ދަމު ނަމާދާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި!
ރޯދަ މަހުގެ ފަހު ދިހައެއްގައި ދަމު ނަމާދުކުރުމާއި އިއުތިކާފަށް ތިބުމަށް އިސްލާމިކް މިނިސްޓްރީން ހަމަ ޖައްސަވާފައިވާ މިސްކިތްތައް އާންމުކޮށްފިއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މި މިސްކިތްތައް ގެޒެޓްކުރައްވަވާފައެވެ.
މި ޢިއުލާނުގައި ވާގޮތުގައި ހުޅުމާލެގެ ފަސް މިސްކިތަކާއި، މާލޭގެ 15 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ ތިން މިސްކިތެއްގައި ދަމު ނަމާދުކުރުމާއި އިއުތިކާފަށް ތިބުމަށްވަނީ ހަމަޖައްސަވާފައެވެ.
މާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ:
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ
- މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން
- މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ފުރްޤާން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދުއްނޫރު
- އިބްރާހީމީ މިސްކިތް
- މަސްޖިދުއްޝަހީދު ޢަލީ
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން، އަދި
- މުޙައްމަދު ޖަމީލްދީދީ މިސްކިތުގައެވެ.
ވިލިމާލޭގައި ދަމު ނަމާދު ކުރުމަށް މިނިސްޓްރީއިން ކަނޑައަޅާފައި ވަނީ؛
- މަސްޖިދުއްސަލާމް
- މަސްޖިދުލްއިޚްލާޞް އަދި
- މަސްޖިދުލް ބިއްރި ގައެވެ.
ރޯދަމަހުގެ ފަހު 10އެއްގައި ހުޅުމާލޭގައި ދަމުނަމާދުކުރުމަށް ހަމަޖައްސާފައިވަނީ؛
- މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދު ޒައިދު ބުން ސާބިތު
- ހުޅުމާލެ ވަގުތީ މިސްކިތް އަދި
- މަސްޖިދު ޢުމަރު ބިން ޚައްޠާބު އެވެ.
ޕޮޓޯ: މިހާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް