ޝަރީއަތުގައި ހުންނަވަނިކޮށް މިސްރުގެ ކުރީގެ ރައީސް މުރްސީ ނިޔާވެއްޖެ
ކޯޓުގައި ޝަރީއަތް ހިނގަމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިވަޑައިގެން، މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ ނިޔާވެއްޖެއެވެ.
މިސްރުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްކުރާ ގޮތުގައި މުރްސީ ނިޔާާވީ، އޭނާގެ މައްޗަށް ޝަރީއަތްކުރަމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. މުރްސީގެ ސިއްހީ ހާލުކޮޅާއި މެދު މީގެ ކުރިން އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ޖަލުބަންދުގައި ހުންނެވި ވަގުތު އޭނާއަށް އެކަށީގެންވާ ފަރުވާ ލިބެމުން ނުދާކަމަށްވަނީ ފާހަަގަކޮށްފައެވެ.
މިސްރުގެ ފުރަތަމަ މިނިވަން އިންތިޚާބަކުން ހޮވުނު މުސްލިމް ބްރަދަރހޫޑް ޕާޓީއަށް ނިސްބަތްވާ މުރްސީ، އެގައުމުގެ ވެރިކަން ކުރައްވާފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.
މުރްސީގެ ވެރިކަން ނިމިގެންދިޔައީ މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީ އިސްވެ ހުންނަވާ ގެންނެވި ބަޣާވާތެއްގައެވެ. އެ ބަޣާވާތަށްފަހު ބްރަދަރހޫޑް ޕާާޓީ ވަނީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް