ޕާރލް މެޑިކަލް ސެންޓަރގައި ޑރ.ކަވީތާ ގޯތަމް ބަލިމީހުން ބައްލަވަނީ
މާލޭގެ މަޝްހޫރު ޕާރލް މެޑިކަލް ސެންޓަރގައި ޑރ.ކަވީތާ ގައުތަމް ބަލިމީހުން ބައްލަވާގޮތަށް ހަމަޖެހިއްޖެއެވެ.
ޑރ.ކަވީތާ ބަލިމީހުން ބައްލަވާގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އަދި 15 ވަނަ ދުވަހުގައެވެ. އޭނާއަކީ ދަރިމައިނުވުމާއި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ.
ވޮއިސްއަށް މައުލޫމާތުދެއްވި ޕާރލް މެޑިކަލް ސެންޓަރގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑރ.ކަވީތާ ފަރުވާދެއްވާ ބަލިތަކުގެ ތެރޭގައި ދަރިމައިވުމާއި ބެހޭ މައްސަލަތައް، ބައިގެންދިއުމާއި އަންހެނުންގެ ތަފާތު ބަލިތައް، އޯވަރީއާއި ރަހިމުގެ މައްސަލަތައް، މައްސަރުގެ ކަންތައްތައް ދިގުދެމިގެންދިއުމާއި ނުޖެހުން، އަންހެނުންގެ ޚާއްސަ ބަލިތައް ހިމެނެއެވެ.
ޑރ.ކަވީތާ މިހާތަނަށް ވަނީ 6000 ޑެލިވަރީ ކުރައްވައި، 5000 ހިސްޓްރޯ ލެޕްރޮސްކޯޕީ ސާޖަރީ ހައްދަވާފައެވެ.
މި ޑޮކްޓަރުގެ ޚިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތާއި އެޕޮއިންޓްމެންޓް ހެއްދެވުމަށް ގުޅުއްވާނީ 3305550 ނުވަތަ 3315550 އަށެވެ. ޕާރލް މެޑިކަލް ސެންޓަރ ހުންނާނީ މާފަންނު އައިޓަމްސް ފިހާރަ ކައިރިން ޝާއިރުވަރުދީ މަގުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް