ކްރިއޭޓިވް އާޓްސް ސްކޫލެއް އަޅަން ބަޔަކު ހޯދަނީ
ކްރިއޭޓިވް އާޓްސް އަށް ހާއްސަ ވަސީލަތް ތަކާއިއެކު ކްރިއޭޓިވް އާޓްސް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ، ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ދައުވަތުދޭ ކަމަށެވެ.
އިއުލާނުގައި ބުނީ، ސްކޫލް ހަދާނީ އެ ސްކޫލުން އުނގެނެން އަންނަ ދަރިވަރުންނަށް ސްކޫލް ހޮސްޓެލްގައި މަޑުކޮށްގެން ކިޔަވަން ތިބެވޭނެ ގޮތަށް ކަމަށާއި، ބައިނަލްއަޤްވާމީ ދަރިވަރުންގެ މެދުގައި ކަލްޗަރަލް އެކްސްޗޭންޖް ފަދަ ކަންކަމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ހޮސްޓެލް އެކޮމޮޑޭޝަންތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އާރުއީއޯއައި) އެ މިނިސްޓްރީ އަށް މެއިލް ކުރަން ވާނެ ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް