އައްޑޫގެ 7 ގޮނޑި ވެސް އެމްޑީޕީން ކާމިޔާބުކޮށްފި
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ އިންތިޚާބީ 7 ދާއިރާގެ މަޖިލިސް ގޮނޑިތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށްފިއެވެ.
އެގޮތުން ހިތަދޫ އަވަށަށް ބަލާއިރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ނާޒިލެވެ. މެދު ދާއިރާގެ ގޮނޑި އަހްމަދު ރަޝީދު ކާމިޔާބު ކުރެއްވި އިރު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މުހައްމަދު އަސްލަމެވެ.
މަރަދޫ ދާއިރާގެ ގޮނޑި އިބްރާހިމް ޝަރީފް ކާމިޔާބު ކުރެއްވި އިރު، ފޭދޫ ދާއިރާގެ ގޮނޑި އަށް އިންތިޚާބު ވެފައި ވަނީ މުހައްމަދު ނިހާދެވެ.
މީދޫ ދާއިރާގެ ގޮނޑި ރޮޒެއިނާ އާދަމް ދިފާޢު ކުރެއްވި އިރު ހުޅުދޫ ދާއިރާއިން އިލްޔާސް ލަބީބް ވަނީ މިހާރުގެ މެންބަރު ޝާހިދުގެ މައްޗަށް ކުރި ހޯއްދަވާފައެވެ.
އައްޑޫ އަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ތެރެއިން ވެސް އެމްޑީޕީ އަށް އެންމެ ބޮޑު ތާއީދެއް އޮންނަ ސިޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް