ކުޑަހުވަދޫ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދ.ކުޑަހުވަދޫ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް އާރުޑީސީން ބުނެފިއެވެ.
އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަސައްކަތް ކުރިއަށްދާގޮތުގެ އަދާހަމަ ހިއްސާކޮށްފައެވެ. އެކުންފުނިން ބުނީ، ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަގުތަކުގެ ތެރެއިން، އާކުރި މަގުގައި ސައިޑް ވޯކް ޕޭވިންގގެ މަސައްކަތްދަނީ ކުރަމުންދާކަމަށެވެ.
ކުޑަހުވަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާފައިވާއިރު، މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމާއި މަގުބައްތި ޖެހުމަކީވެސް މި މަޝްރޫޢުގެ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް