ހުޅުމާލޭގެ މަގެއް.. ވޮއިސް ފައިލް ފޮޓޯ
ހުޅުމާލޭގެ މަގެއް.. ވޮއިސް ފައިލް ފޮޓޯ
ހަބަރު 04 Oct 2026 | 11:37

ތުއްތު ކުއްޖަކު ކާރަށް ހޮޑުލީ މައްސަލާގައި ކަންވީ ގޮތް ޓެކްސީ ސެންޓަރުން ސާފުކޮށްދީފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ކާރެއްގެ ތެރެއަށް ތުއްތު ކުއްޖަކު ހޮޑުލީ މައްސަލާގައި ޑްރައިވަރު ފައިސާއަށް ޑިމާންޑުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަޤީޤަތް އޮޅޭ ގޮތަށް ދައުރުކުރަމުންދާ ވާހަކަތަކެއް ކަމަށް ނަލަ ޓެކްސީ ސެންޓަރުން ބުނެފިއެވެ.

ކަން ހިނގިގޮތް ސާފްކޮށްދިނުމުގެ ގޮތުން އެ ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ދަތުރަކީ ހުޅުމާލެ ފޭސް 2 އިން 7 ނަންބަރު ޖެޓީއަށް ނަލަ ޓެކްސީ އެޕް މެދުވެރިކޮށް ނެގި ދަތުރެއް ކަމަށެވެ. ދަތުރު މަތީން ބްރިޖް ލައިޓް ކައިރިން ތުއްތު ކުއްޖަކަށް ހޮޑުލެވުނު ކަން ކަސްޓަމަރު ޑްރައިވަރަށް އެންގީ ކާރުގެ ޝީޓަށާ އެކު ހޮޑުލެވިފައި ހުއްޓައި ކަމަށާއި، ކޮތަޅު ހުރިތޯ ކަސްޓަމަރު ސުވާލުކުރުމުން ޝީޓް ކައިރީ ކޮތަޅު ހުންނާނެ ކަމަށް ޑްރައިވަރު ބުނި ކަމަށެވެ. އަދި ޝީޓް ސާފުކުރުމަށް އާންމުކޮށް ދޭ ތަންތަނުން 1500 ރުފިޔާ ވަރު ނަގާ ކަމަށް ޑްރައިވަރު އެވަގުތު ބުނި ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ހިސާބުން ކަސްޓަމަރު ފޯނުން އެހެން މީހަކަށް ގުޅައި ޑްރައިވަރާ ވާހަކަ ދެއްކުވި ކަމަށާއި އެ ފަރާތުން ބުނި ތަނަކަށް ޝީޓް ސާފުކުރުމަށް ދިޔުމަށް ބުނި ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. ކަސްޓަމަރު ދާން ބޭނުންވި މަންޒިލަށް ގަޑިއަށް ގެންގޮސްދިނުމަށް ފަހު ޑްރައިވަރު ވަނީ ފޯނުން ވާހަކަ ދެއްކި ފަރާތް ބުނި ތަނަށް ގޮސްފައެވެ. ނަމަވެސް އެ ތަނުން ޝީޓް ސާފުކުރެވެން ނެތް ކަމަށް ބުނުމުން ޑްރައިވަރު ވަނީ ޖެހިގެން ހުރި ތަނަކުން ޝީޓް ސާފުކޮށްފައެވެ. އެ ތަނުން ފުރަތަމަ ބުނީ 1600 ރުފިޔާ ކަމަށެވެ. ނަމަވެސް ޑްރައިވަރު ވާހަކަ ދައްކައިގެން އެ އަގު 1000 ރުފިޔާއަށް ކުޑަކުރި ކަމަށް ބަޔާނުގައިވެއެވެ.

މި ހުރިހާ މަރުހަލާއެއްގައި ވެސް ކަސްޓަމަރުގެ ފަރާތުން ފޯނުން ގުޅި މީހާއާ ޑްރައިވަރު ފޯނުން ގުޅައިގެން ވާހަކަ ދައްކަމުން ގެންދިޔަ ކަމަށާއި 1000 ރުފިޔާއަށް ޝީޓް ސާފުކުރީ ދެ ފަރާތް އެއްބަސްވެގެން ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ. ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރުގެ ފޮޓޯ ވެސް ފޯނުން ވާހަކަ ދެއްކި ފަރާތާ ހިއްސާކުރި ކަމަށާއި ޝީޓް ސާފުކުރުމަށް ފައިސާ ލިބުނު ނަމަވެސް ސާފުކުރުމުގެ ޚަރަދު ކެނޑުމުން ދަތުރުގެ އަގު ވެސް ޑްރައިވަރަށް ނުލިބޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދެ ފަރާތުން ވާހަކަ ދައްކައި ގޮތެއް ނިންމުމަށް ފަހު ޑްރައިވަރާއި ސެންޓަރުގެ އަގު ވެއްޓޭ ގޮތަށް ހަޤީޤަތް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުމަކީ އެ ސެންޓަރުން ކަންބޮޑުވާ ކަމެއް ކަމަށް ނަލަ ޓެކްސީ ސެންޓަރުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...