އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ހުޅުދުއްފާރުގައި ހިނގާލުމެއް ބާއްވަނީ
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓާއި ގުޅިގެން ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ދިފާއުގައި ރ.ހުޅުދުއްފާރުގައި ހިނގާލުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ހިނގާލުން ފެށުމަށް ހަަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:15ގައި އެރަށު ކައުންސިލް އިދާރާގެ ކުރިމަތިންނެވެ.
އެރަށު ކައުންސިލާއި ލެންޓާން ޖަމްއިއްޔާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ މިހަރަކާތަކީ އިސްލާމްދީނާއި މިއުއްމަތުގެ މާތް ނަބިއްޔާއަށް ކުރެވޭ ފުރައްސާރައާއި ހުޅުދުއްފާރު ރައްޔިތުން ދެކޮޅުކަން ހާމަކޮށް ދެއްކުމުގެ ގޮތުން ބާއްވާ ހިނގާލުމެކެވެ.
މި ހިނގާލުމުގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ ހުޅުދުއްފާރު މަތާރަން މާލަމުގައި ރޭގަނޑު 20:20 ގައި ޚާއްސަ ދަރުހެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް