ކުށުގެ ރެކޯޑު ސާފު ނުކޮށް ސިފައިންގެ ވަޒީފާއަށް ކުރިމަތިލެވޭ ގޮތް ހަދައިފި
ކުށުގެ ރެކޯޑު ސާފުނުކޮށް ވެސް ސިފައިންގެ ވަޒީފާއަށް ކުރިމަތިލެވޭ ގޮތަށް ހަދައިފިއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގައި ކުރިން އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު ކުށުގެ ރެކޯޑު ސާފުކުރާ ފޯމެއް ފުރިހަމަ ކުރަން ޖެހެއެވެ.
އެހެން ނަމަވެސް މިމަހުގެ 6 ވަނަ ދުވަހު ކުރި އިއުލާނެއްގައި ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާރު ކުށުގެރެކޯޑް ބަލާފޯމް ހުށަހަޅަން ނުޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ސިފައިންެގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަނޑި އަކީ 2019 މާރިޗު 31 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
ސިފައިންގެ މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާރޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖީނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް، ސަޕޯޓް ސަރވިސް ގައި މަސައްކަތް ކުރުމުގެ ފުރުސަތު ސިފައިންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށް އޮންނާނެ ކަމަށް ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް