އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލަ: ތިން މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ވަނީ އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
ފުލުހުން ބުނީ އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަަށް ވެސް ބުންޏެވެ. އަދި ގެއެއް ބަލާ ފާސްކޮށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަ ކުރާނެ ކަމަށެވެ.
ފުލުހުން މިފަދަ ބަޔާނެއް ނެރެފައިވާއިރު އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ވަނީ ކުއްލި ގޮތަކަށް އެ މަގާމުން ވަކިކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް