ޢޫދުޝޮޕް ޝާޕް ގޯޅިގަނޑު ޝީޝާ ޝޯރޫމް ކައިރިއަށް
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ފްރެގްރަންސްގެ އުފެއްދުންތައް ވިއްކުމުގައި ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ މަޝްހޫރު "ޢޫދުޝޮޕް" މާލޭ ނިރޮޅުމަގު ކުރީގެ ޝާޕް ގޯޅިގަނޑަށް ބަދަލުވެއްޖެއެވެ. ޢޫދްޝޮޕް ބަދަލުވި ހިސާބަކީ މާލޭގެ މަޝްހޫރު ގިނަ ފިހާރަތަކެއް ހުންނަ ސަރަހައްދެކެވެ އެގޮތުން ޝީޝާ ޝޯރޫމާއި، ބިއަންކޯ ކޮފީ އަދި ޝެރީ ސެލޫނާއި ރެޑްވޭވް ލިވިން ފަދަ ގިނަ ބަޔަކު ވިޔަފާރިކުރަންދާ ފިހާރަތައް އެމަގުގައި މިހާރުވެސް ހުރެއެވެ.
ޢޫދް ޝޮޕް ގިނަ ބަޔަކު ފާހަގަކުރަނީ ދުނިޔޭގެ އެންމެބޮޑު އެއް އަތަރު ކަލެކްޝަންކަމަށްވާ އަޖްމަލް ބްރޭންޑްގެ އުފެއްދުންތައް އަތްފޯރާ އަގުތަކެއްގައި ލިބެންހުންނަ ފިހާރައެއްގެ ގޮތުގައެވެ.

އާ ފިހާރައާއި އެކު ޢޫދު ޝޮޕުން ވަނީ އަޖްމަލް ބްރޭންޑްގެ ސެންޓްގެ އިތުރު ބާވަތްތައްވެސް ގެނެސްފައެވެ.

ދުބާއީގެ ޕްރީމިއަމް ފްރެގްރަންސް ބްރޭންޑް، އަންފާސް އަލް ޚަލީޖުގެ އުފެއްދުންތައް ރާއްޖެއަށް ފުރަތަމަ ފަހަރަށް ތަޢާރަފުކޮށްފައިވަނީވެސް މި ފިހާރައިންނެވެ.
އަންފާސް އަލް ޚަލީޖު އަކީ އެންމެ މަތީ ފެންވަރުގެ ބާވަތްތައް ބޭނުންކޮށްގެން ސެންޓާއި އަތަރު އުފައްދާ މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑްގެ ބައެއް އުފެއްދުންތަކުގައި "މާވަހަރު ފަދަ މަދުން ނޫނީ ނުލިބޭ އަދި އަގުބޮޑު އެއްޗެހި ބޭނުންކުރެއެވެ.

އޫދު ޝޮޕްގައި ވިއްކާ ހުރިހާ އުފެއްދުންތަކެއްވެސް އެ އެއްޗެއް ވިއްކުމުގެ ކުރިން ރަނގަޅަށް ޓެސްޓުކުރެވެއެވެ. މިކަން މިގޮތަށް ކުރުމުގެ ބޭނުމަކީ ފިހާރއިން ވިއްކާ އުފެއްދުންތަކުގެ ކޮލެޓީ ކަށަވަރުކޮށް ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމެވެ.
އޫދު ޝޮޕްގެ އެންމެ ބޮޑު ކާމިޔާބީއަކީ އެކި ފެންވަރުގެ ކަސްޓަމަރުންނަށް އެކަށީގެންވާ އަގުތަކެއްގައި، ރަނގަޅު ފެންވަރުގެ އަތަރާއި ސެންޓް ފޯރުކޮށްދިނުމެވެ. ހަމައެކަނި އަތަރު ވިއްކުމުގެ ބަދަލުގައި، ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި، ވަފާތެރިކަމާއި، ޚިޔާލުތަކަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދިނުމަށް މި ފިހާރައިން މަސައްކަތްކުރެއެވެ.

ޝާޕް ގޯޅިގަނޑުގައި ޢޫދު ޝޮޕް ހުޅުވުމުގެ މުނާސަބަތުގައި އެ ފިހާރައިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ކުރާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާއިރު، އަންނަ ނޮވެމްބަރުމަހުގެ 30 ގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް